ނަމުގައި އިބްނު ބޭނުންކުރެވޭ ގޮތް
ޢަރަބި ބަހުގެ ޤަވާޢިދާ އެއްގޮތަށް ނަން ކިޔާއިރު، އިބްނު (ابْن) ގެ ފަހަތަށް ގެނެވެނީ މީހަކަށް ކިޔާ ނަމެއް ކަމުގައިވާނަމަ (ابْن) ގެ އަލިފު އުނިކުރެވެއެވެ.
ނަމެއްގެ ތެރޭގައި (بْن) ތަކުރާރުވާނަމަ، (بْن) ގެ ފަހު އަކުރުގެ ފިލި (އެބަހީ: ނޫނުގެ ފިލި) ތަބާވާނީ އޭގެ ކުރީގައިވާ ލަފުޒުގެ ފަހު އަކުރުގެ ފިއްޔާ އެވެ. ތިރީގައި މިވަނީ މީގެ މިސާލެކެވެ.
مُـحَمَّدُ بْنُ سَلِيْمِ بْنِ حَسَن
(މުޙައްމަދު ބްނު ސަލީމި ބްނި ޙަސަން)
މި މި ސާލުގައި:
މުޙައްމަދު (مُـحَمَّد) އަކީ ކުއްޖާގެ ނަމެވެ.
ސަލީމު (سَلِيْم) އަކީ ބައްޕަގެ ނަމެވެ.
ޙަސަން (حَسَن) އަކީ ކާފަގެ ނަމެވެ.
<><><>
ޢަބްދުލްމުޢީދު ޙަސަން
<><><>
ނަމުގެ ޚިދުމަތް:
http://bahuru.net/nan