ޞަރްފުގެ ޢިލްމު
ލިޔުނީ: އިޔާޒު ނަސީމް
ހަތްވަނަ ފިލާވަޅު
ޞީޣާތަކުގެ އަލާމާތްތައް
ذَهَبَ އެއްވެސް އަލާމާތެއް ނެތި އޮންނަނީ ވާހަކައިން އިޝާރަތް ކުރެވޭ މީހާ ނުވަތަ އެމީހެއްގެ ވާހަކަ ދެކެވެވޭ މީހާ ނުވަތަ ތިންވަނަ ފަރާތުގެ ފިރިހެން އެކަކަށް ބޭނުން ކުރެވޭ ޞީޣާއެވެ.
ذَهَبَا މި ޞީޣާގައި ޢަލާމާތަކީ އަލިފެވެ.
ذَهَبُوا މި ޞީޣާގައި އަލާމާތަކީ ޥާޥެވެ.
ذَهَبَتْ މި ޞީޣާގައި އަލާމާތަކީ ދިގު ތާ ސުކުނެވެ.
ذَهَبَتَا މި ޞީޣާގައި ތާއަކީ އަންހެނުންނަށް ނިސްބަތް ވާ ކަލިމައެއް ކަމުގެ އަލާމާތެކެވެ. ތަޘްނިޔާގެ އަލާމާތަކީ އަލިފެވެ.
ذَهَبْنَ މި ޞީޣާގައި އަލާމާތަކީ އަބަފިލި ޖެހެވެވިގެންވާ ނޫނެވެ.
ذَهَبْتَ މި ޞީޣާގައި އަލާމާތަކީ ތާ އަބަ ފިއްޔެވެ.
ذَهَبْتُمَا މި ޞީޣާގައި އަލާމާތަކީ ތުމާއެވެ.
ذَهَبْتُمْ މި ޞީޣާގައި އަލާމާތަކީ ތުމްއެވެ.
ذَهَبْتِ މި ޞީޣާގައި އަލާމަތަކީ ތާ އިބިފިއްޔެވެ.
ذَهَبْتُمَا މި ޞީޣާގައި އަލާމާތަކީ ތުމާއެވެ. (ކުރީން ވެސް ބަޔާން ކުރެވިފައި)
ذَهَبْتُنَّ މި ޞީޣާގައި އަލާމާތަކީ ތުންނަ އެވެ.
ذَهَبْتُ މި ޞީޣާގައި އަލާމާތަކީ ތު އެވެ.
ذَهَبْنَا މި ޞީޣާގައި އަލާމާތަކީ ނާއެވެ.
ވީމާ އެހެން ފިޢުލުތައް ވެސް ތަފާތު ޞީޣާތަކަށް ބަދަލު ކުރާނީ މި އަލާމާތްތައް ބޭނުން ކޮށްގެންނެވެ.
މިސާލު:
كَتَبَ
كَتَبَا
كَتَبُوْا
كَتَبَتْ
كَتَبَتَا
كَتَبْنَ
كَتَبْتَ …….
-ނުނިމޭ-