ޞަރްފުގެ ޢިލްމު
ލިޔުނީ: އިޔާޒު ނަސީމް
ފުރަތަމަ ފިލާވަޅު
ޞަރްފަކީ ކަލިމަ ހެދޭ ގޮތާއި ކަލިމަތައް އެއް ސީޣާއިން އަނެއް ސީޣާއަށް ބަދަލު ވާ ގޮތް ބަޔާން ކޮށް ދޭ ޢިލްމެވެ. ޞަރްފު ޢިލްމު އުނގެނުމުން، ކަލިމަތައް ރަނގަޅަށް ކިޔާނެ ގޮތް އެނގެއެވެ. ކަލިމައަކީ މާނައެއް އޮތް، ކޮންމެ އެކަހެރި ލަފްޒެކެވެ. ޢަރަބި ބަހުގައި، ކަލިމަ ބެހެނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ އިސްމާއި، ފިޢުލާއި، ޙަރްފު، މި ތިން ބައެވެ.
-ނުނިމޭ-