މާބަނޑުވުމާއި ޞިއްޙަތު

މާބަނޑުވުމާއި ޞިއްޙަތު

1.  މާބަނޑު މީހާގެ ސިއްޙަތު ރަނގަޅު ގޮތެއްގައި ދެމެހެއްޓުން

މާބަނޑުވުމަކީ ޚާއްސަ އުފާތަކަކާއި ތަފާތު އިޙްސާސްތަކެއް ތަޖުރިބާ ކުރެވޭ ވަރަށް މުހިއްމު ދުވަސްވަރެކެވެ. އެކީ އަންހެނުންނަށް މާބަނޑުވުމާއި ކުރިމަތިލާން ދިމާވަނީ އެކި ޢުމުރުގައެވެ. އެހެން ނަމަވެސް ސިއްޙީ މާހިރުން ދެކޭ ގޮތުގައި މާބަނޑުވުމަށް އެންމެ ރަގަޅު ދުވަސްވަރަކީ ޢުމުރުން 20-35 އަހަރާއި ދެމެދުގައެވެ. މި “ރޭންޖް“ން ބޭރުވި ނަމަވެސް ސަލާމަތުން މާބަނޑުވުމުގެ ދުވަސްތައް ހޭދަކޮށް ސިއްޙަތު ރަގަޅު ދަރިން ދުނިޔެއަށް އުފަން ކުރުމުގެ ނަސީބު ބައެއް މައިންނަށް ލިބިފައި އެބަހުއްޓެވެ. ހަނދާން ބަހައްޓަންވީ ކަމަކީ، މި ޢުމުރު ފުރައިގެ ބޭރުން ބަލިވެ އިންނަން ބޭނުންނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މިވެސް މުހިންމު