ޢަރަބި ލިޔުމުގެ ފިޔަވަޅު 1

މިއީ، ޢަރަބި ލިޔުމުގެ ފިޔަވަޅު ފޮތްބައިގެ ފުރަތަމަ ފޮތެވެ.
މި ފޮތް ތައްޔާރުކޮށްފައިވަނީ ފަސޭހައިން ދޭހަވާނެ ފަދަ ޢިބާރާތުންނެވެ.
މި ފޮތުގެ އީނަކަލު ނެރުނީ، 12 އެޕްރީލް 2019 ގައެވެ.
މި ފޮތުގެ ޗާޕު ނަކަލެއް ނެރެފައެއް ނުވެއެވެ.
މި ފޮތުގެ ޤަވާޢިދުގެ ބައިގައި ވާނީ، ނަސްޚު، ރުޤުޢާ، ކޫފީ ގެ ޤަވާޢިދެވެ.
ޢަރަބި ލިޔުމާބެހޭ މުހިންމު މަޢުލޫމާތުތަކެއް މި ފޮތުގައި ވާނެއެވެ.
މި ފޮތުގައި ވަނީ އޭފޯ ސައިޒުގެ 79 ޞަފުޙާއެވެ.
މި ފޮތް ވަނީ ފާސްކޮށްފައެވެ.
މި ފޮތުގެ އައި.އެސް.ބީ. ނަންބަރު ތިރީގައި މިވަނީއެވެ.
978-99915-75-62-9

ސަމާލުކަމަށްޓަކައި

މި ޞަފުޙާއިން ޑައުންލޯޑުކުރެއްވޭ ޒިޕްފައިލުގައި ވާނީ މި ފޮތުގެ ޕީޑީއެފް ނަކަލެކެވެ.
ފޮތުގެ މި ނަކަލު، ކޮމްޕިއުޓަރާއި، މޮބައިލް ފޯނު ފަދަ ވަސީލަތްތަކުން ހުޅުވޭނެއެވެ.
މި ފޮތް ހުޅުވުމަށްޓަކައި ފޮންޓެއް މުހުތާދެއް ނުވާނެއެވެ.
މި ފޮތް ހުޅުވޭނީ، ޕީޑީއެފް ފައިލް ހުޅުވައިދޭ ސޮފްޓްވެއަރއަކުން ނުވަތަ އެޕްލިކޭޝަނަކުންނެވެ.
މި ޞަފުޙާއިން ޑައުންލޯޑުކުރެވޭ ޒިޕްފައިލް ވާނީ ޕާސްވޯޑަކުން ޙިމާޔަތްކޮށްފައެވެ.
ޕާސްވޯޑް ލިބިވަޑައިގަންނަވާނެ ގޮތް ތިރީގައި ބަޔާންކޮށްފައި ވާނެއެވެ.

ޕާސްވޯޑް ލިބިވަޑައިގަންނަވާނެ ގޮތް

ޒިޕްފައިލް އަންޒިޕް ކުރެއްވޭނީ ޕާސްވޯޑެއް ޖައްސަވައިގެންނެވެ.
ޕާސްވޯޑް ލިބިވަޑައިގަންނަވާނީ މި ފޮތް ބައްލަވައިގަތުމުންނެވެ.
ފޮތުގެ އަގަކީ، -/50 ރ. (ފަންސާސް ރުފިޔާ) އެވެ.
ފޮތުގެ އަގު ޖަމާކުރައްވާނީ ތިރީގައިވާ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓް ނަންބަރަށެވެ.
7701131167101
ފޮތުގެ އަގު ޖަމާކުރެއްވުމަށްފަހު، 9763216 ނަންބަރު ފޯނަށް، ރަސީދު (RECEIPT) ވައިބަރކޮށްލައްވާށެވެ!
އޭރުން ތިޔަ ފަރާތުގެ ފޯނަށް ޕާސްވޯޑް ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު

ތިރީގައިވާ ޑައުންލޯޑް ބަޓަނުން ފޮތުގެ ޒިޕް ފައިލް ޑައުންލޯޑްކުރެއްވޭނެއެވެ.

މިވެސް މުހިންމު