އަލީބޮޚާރީ އަކީ ކުންނާރަށްވުރެ ތަންކޮޅެއް ބޮޑު ފޮނި މޭވާ އެކެވެ. މީގެ އޮށުތެރޭގައި ބަދަނެއް ކަހަލަ އޮށެއް އޮންނާނެ އެވެ. މިގިނައިން ގެންގުޅެނީ ހިއްކައިގެންނެވެ. ރާގުންޑާ އަށް ވެސް މިހެން ކިޔައެވެ. މިގަހުގެ މޭވާ، މޫ، ފަތް، ތޮށި، ވެސް ބޭނުންކުރެއެވެ.
އަލީބޮޚާރީ އިން ލިބޭ ބައެއް ޞިއްޙީ ފައިދާތައް
- ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު: އަލީބޮޚާރީގެ އޮށުން، ސައިންސްވެރިން ވަނީ ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރާ ދެމާއްދާއެއް ހޯދާފައެވެ. އެއީ “އަލްފާ އަމައިރިން”(Alpha-Amyrin) އަދި”5-ޑިރިމެނޮސައިޑް”(5-Dirhaminoside) އެވެ.
- އަލީބޮޚާރީގެ ތޮއްޓަކީ ބޭހުގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. އެގޮތުން ތަފާތު ކެމިކަލްތައް އެކިއެކި ދިރާސާތަކުގައި ސައިންސްވެރިން ވަނީ މިގަހުގެ ތޮށިން ހޯދާފައެވެ. އޭގެތެރޭގައި، “އެލެންޓައިން”(Allantoin)، “ބީޓާ ސައިޓޯސްޓީރޯލް”(Beta-Sitosterol)، “އަލްފާ އެލް-ރަމްނޯޕައިރެނަސޮއިޑް”(Alpha-L-rhamnopyranoside) ފަދަ މާއްދާތައް ހިމެނެއެވެ.
- އަލްސެރޭޓިވް ކޮލައިޓިސް (ގޮހޮރު ދުޅަވުން) އަށް ފަރުވާކުރުން: އަލީބޮޚާރީގެ ތޮށި ބޭނުންކޮށްގެން ކުރީގައި ގޮހޮރު ދުޅަވުމުގެ ވައްތަރެއް ކަމުގައިވާ “އަލްސެރޭޓިވް ކޮލައިޓިސް”(Ulcerative Colitis) އަދި ބަނޑުގައި ރިހުމަށް ފަރުވާކޮށްފައި ވެއެވެ. މިތޮށިން “އެޕިޖެނިން”(Apigenin) ކިޔާ މާއްދާއެއް ސައިންސްވެރި ހޯދާފައި ވެއެވެ. އެޕިޖެނިންގެ ސަބަބުން ގޮހޮރުގެ ތެރޭގައި އިންފްލެމޭޝަން އުފެދޭ ނިސްބަތް ދަށްކުރެވިދާނެ ކަމަށް ބެލެވެއެވެ. މިހާރު ވެސް މިކަމާގުޅޭ ދިރާސާތައް ސައިންސް ވެރިން ދަނީ ކުރަމުންނެވެ.
- ދިރާސާތަކުން: އަލީބޮޚާރީ އާއި ގުޅުންހުރި ދިރާސާތަކުން އަންނަނިވި ކަންތައްތައް ވަނީ ފާހަގަ ކުރެވިފައެވެ.އެންޓި އޮކްސިޑެންޓް: އަލީބޮޚާރީގެ އޮށާއި، ފަތުގެ “އެކްސްޓްރެކްޓް”(Extract)ގައި އެންޓި އޮކްސިޑެންޓް ބާރު ހުންނަކަން ވަނީ ހޯދިފައެވެ. އެގޮތުން އެބާރު އޮށަށްވުރެ ފަތުގައި އިތުރުކަން ފާހަގަ ކުރެވެއެވެ. އެންޓި އޮކްސިޑެންޓް ތަކަކީ ފްރީ ރެޑިކަލްތަކުން ސެލްތައް ރައްކާތެރިކޮށްދޭ، ބަލިތަކުން ދިފާޢުކޮށްދޭ އައްޑަނަ ތަކެކެވެ.
- ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު: ދިރާސާތަކުން އެނގިފައިވާ ގޮތުގައި، އަލީބޮޚާރީގެ އޮށުގެ”އެކްސްޓްރެކްޓް”ގައި “އެލްކަލޮއިޑްސް”(Alkaloids)، “ގްލައިކޯސައިޑްސް”(Glycosides)، “ސެޕޯނިން”(Saponins)، “ޓެނިން”(Tannins)، އަދި ކާބޯހައިޑްރޭޓް ހުރެއެވެ. މީގެ ފެނުގެ ބައިގައި، ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުންނަކަމަށް ވެއެވެ.
- ފާރުވާ ތަންތަން ފަސޭހަވުން: ތަފާތު 3 ދިރާސާއަކުން އެނގުނު ގޮތުގައި އަލީބޮޚާރީގެ “އެކްސްޓްރެކްޓް” ގައި ފާރުގަނޑު ފަދަ ތަންތަން އަވަހަށް ރަގަޅުވުމަށް ބާރުއަޅާ ކަންތައްތަކެއް ހުރެއެވެ. އެގޮތުން މީދަލުގެ ގައިގެ ތަނެއް ކަނޑާލަގެންނާއި، މީދަލުގެ ގައިން ގޮށެއް ފަދަ އެއްޗެއް ނަގައިގެންނާއި، ހަލާކުވެފައިވާ ތަންކޮޅެއް ރަގަޅުކުރުމަށް މަތީގައި ބުނެވުނު އެކްސްޓްރެކްޓް ބޭނުންކޮށްފައި ވެއެވެ.
- މީގެ އިތުރުން، ފުރަމޭ ރައްކާތެރިކޮށް ދިނުމުގައި އެހީތެރިވެދާނެ ކަންތައްތަކެއް ވެސް މިދިރާސާއިން ހޯދިފައި ވެއެވެ.
- ކުރީ ޒަމާނުގައި: އަލީބޮޚާރީ އަންނަނިވި ކަންތައްތަކަށް ބޭނުންކޮށްފައި ވެއެވެ.
- ފުއްޕާމޭ، އަދި ކުޑަކަމުދާ ނިޒާމްގެ މައްސަލަތަކަށް ފަރުވާކުރުމަށް އަލީބޮޚާރީ ބޭނުން ކުރެއެވެ.
- ބޮލުގައި ރިހުމާއި، ފާރަށް އަލީބޮޚާރީގެ ފަތް ބޭނުން ކުރެއެވެ.
- ދަތްތައް ވަރުގަދަކުރުމަށް އަލީބޮޚާރީގެ ތޮށި ދަތްތަކުގައި އުގުޅައެވެ.
- އަލީބޮޚާރީގެ ތޮށި ހިމުންކޮށްގެން ކާށިކިރާއެއްކޮށްގެން ބަނޑުގައި ރިހުމަށް ދީއުޅެއެވެ.
- އަލީބޮޚާރީ މުލުގެ ތޮށި، އަދި ގަހުގެ ފަތް ބޭރަށްހިންގުން، ހުންއައުން، ޖުޒާމުބަލި ފަދަ ކަންތައްތަކަށް ފަރުވާ ކުރުމަށް ބޭނުން ކުރެވިފައި ވެއެވެ. މިހާރު ވެސް އަޔުރެވެދިކް މެޑިސިންގައި މި ބޭނުންކޮށް އުޅެއެވެ.
- ޕާކިސްތާނުގައި ހިކި ކެއްސުން ލުއިކޮށްދީ، ކަރުހިއްކުން ފިލުވުމަށް އަދި ކުޑަކަމުދިއުމުގެ މައްސަލަތައް ރަގަޅުކުރުމަށް އަލީބޮޚާރީ ބޭނުން ކުރެއެވެ.
- އިންޑިޔާގައި އަލީބޮޚާރީ ހިއްކައިގެން، މޭގައި ހިފާފައި ހުންނަ އަރިދަފުސް ބޭރުކުރުމަށް ބޭނުންކުރެއެވެ.
- އިންޑިޔާގެ ކަޝްމީރުގައި އަލީބޮޚާރީގެ މަދު، މުގުރައި ހިމުންކޮށް ތެލާއި އެއްކޮށްގެން ދަދުގައި އުގުޅައެވެ.
- އިންޑިޔާގެ ޖާވާގައި ކިހުނުވުމުގެ ފަރުވާ އަށް އަލީބޮޚާރީ ބޭނުން ކުރެއެވެ.
- އިންޑިޔާގެ ބެންގަލް ގައި ބަނޑު ފަސޭހަކުރުމަށް އަލީބޮޚާރީ ބޭނުން ކުރެއެވެ.
މައުލޫމާތު:-
http://www.stuartxchange.org/Anonang.html http://www.worldagroforestrycentre.org/sea/Products /AFDbases/af/asp/SpeciesInfo.asp?SpID=1777 http://www.sciencedirect.com/science/article/pii/S0367326X1100164X