ޖުމުލަ (الجُمْلَةُ)
މުޞަންނިފު: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން
ޖުމުލަ (الجُمْلَةُ)
ޖުމުލަ ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ:
- އިސްމިއްޔަ ޖުމުލަ (الاِسْمِيَّةُ)
- ފިޢުލިއްޔަ ޖުމުލަ (الفِعْلِيَّةُ)
ފިޢުލިއްޔަ ޖުމުލަ
ފިޢުލިއްޔަ ޖުމުލައިގެ ތެރޭގައި ހިމެނެނީ، فعل (ކަން) އިން ފެށޭ ޖުމުލައެވެ. އޭގައި ހިމެނެނީ، فعل (ކަން) فاعل (ކަންކުރާ ފަރާތް) ގެ މައްޗަށް އެކުލެވޭ ޖުމުލައާއި، فعل (ކަން) އާއި نائب فاعل (ކަމުގެ ނައިބު) ގެ މައްޗަށް އެކުލެވޭ ޖުމުލައެވެ.
ފިޢުލާއި ފާޢިލުގެ މައްޗަށް އެކުލެވޭ ޖުމުލަ:
ފިޢުލު (ކަން) އާއި، ފާޢިލު (ކަންކުރާ ފަރާތް) ގެ މައްޗަށް އެކުލެވޭ ޖުމުލައިގެ މިސާލު:
حَضَرَ المُعَلِّمُ
ހާޒިރުވެއްޖެ – އެދުރު/މުދައްރިސް/ޓީޗަރު
(މާނަ: މުދައްރިސް ދުރުވެއްޖެ)
يَكْتُبُ الوَلَدُ
ލިޔަނީ – ފިރިހެންކުއްޖާ
(މާނަ: ފިރިހެންކުއްޖާ ލިޔަނީ)
ފިޢުލާއި ނާއިބު ފާޢިލުގެ މައްޗަށް އެކުލެވޭ ޖުމުލަ:
فعل (ކަން) އާއި، نائب فاعل (ކަމުގެ ނައިބު) ގެ މައްޗަށް އެކުލެވޭ ޖުމުލައިގެ މިސާލު:
ُفُتِحَ البَاب
ހުޅުވިއްޖެ – ދޮރު
(މާނަ: ދޮރު ހުޅުވިއްޖެ)
ُيُفْتَحُ البَاب
ހުޅުވެނީ – ދޮރު
(މާނަ: ދޮރު ހުޅުވެނީ)
(ނުނިމޭ)
މިސިލްސިލާގެ އެހެން ބައިތައް
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 1
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 2
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 3
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 4
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 5
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 6
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 7
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 8
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 9
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 10
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 11
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 12
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 13