ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 10

ޖުމުލަ (الجُمْلَةُ)

މުޞަންނިފު: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން

ޖުމުލަ (الجُمْلَةُ)

ޖުމުލަ ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ:

  1. އިސްމިއްޔަ ޖުމުލަ (الاِسْمِيَّةُ)
  2. ފިޢުލިއްޔަ ޖުމުލަ (الفِعْلِيَّةُ)

އިސްމިއްޔަ ޖުމުލަ

އިސްމިއްޔަ ޖުމުލައަކީ، އިސްމަކުން (ނަމަކުން) ފެށޭ ޖުމުލައެވެ. އޭގެތެރޭގައި ހިމެނެނީ، ފެށުމާއި ޚަބަރުގެ މައްޗަށް އެކުލެވޭ ޖުމުލައާއި، إِنَّ وأخواتها ހިމެނޭ ޖުމުލައެވެ.

ފެށުމާއި ޚަބަރުގެ މައްޗަށް އެކުލެވޭ ޖުމުލަ:

مبتدأ (ފެށުން) އާއި، خبر (ޚަބަރު) ގެ މައްޗަށް އެކުލެވޭ ޖުމުލައިގެ މިސާލު:

المَطَرُ غَزِيرٌ
ވާރޭ – ގިނަ/ބޯކޮށްވެހޭ
(މާނަ: ބޯކޮށްވެހޭ ވާރޭ)

العِلْمُ نُورٌ
ޢިލްމު – ނޫރެއް
(މާނަ: ޢިލްމަކީ ނޫރެއް)

إِنَّ وأخواتها ހިމެނޭ ޖުމުލަ:

إن وأخواتها ގެ ގިންތީގައި ހިމެނޭ އަކުރުތަކަކީ، مُبْتَدَأ (ފެށުން) ނަޞްބުކޮށް، خَبَر (ޚަބަރު) ރަފްޢުކުރާ އެއްޗެކެވެ. އާންމު ޙާލަތުގައި، ނަޞްބުކުރުމަކީ ލަފުޒުގެ ފަހު އަކުރުގައި އަބަފިލި ޖެހުމެވެ. ރަފްޢުކުރުމަކީ ލަފުޒުގެ ފަހު އަކުރުގައި އުބުފިލި ޖެހުމެވެ.

إن وأخواتها ގެ ގިންތީގައި ހިމެނޭ އަކުރުތައް އަންނާނީ، ހަމައެކަނި އިސްމިއްޔަ ޖުމުލައިގައިގެ ކުރިއަށެވެ.

إن وأخواتها (إِنَّ އާއި އެ ގިންތީގެ އަކުރުތައް) ހިމެނޭ ޖުމުލައިގެ މިސާލު:

إِنَّ اللهَ رَحِيمٌ
ހަމަކަށަވަރުން – ﷲ – ރަޙީމުވަންތަ ރަސްކަލާނގެ
(މާނަ: ހަމަކަށަވަރުން ﷲ އީ ރަޙީމުވަންތަ ރަސްކަލާނގެ)

لَيْتَ الشَّبَابَ عَائِدٌ
ނަމަ – ޒުވާންކަން – އެނބުރިއަންނަ ފަރާތް
(މާނަ: ޒުވާންކަން އެނބުރިއަންނާނެ ނަމަ)

كَأَنَّ مُحَمَّدًا أَسَدٌ
ފަދަކަން ކަށަވަރު – މުޙައްމަދު – ސިންގާއެއް
(މާނަ: މުޙައްމަދު ސިންގާއެއް ފަދަކަން ކަށަވަރު)

(ނުނިމޭ)

މިސިލްސިލާގެ އެހެން ބައިތައް
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 1
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 2
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 3
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 4
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 5
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 6
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 7
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 8
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 9
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 11
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 12
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 13

މިވެސް މުހިންމު