ޢަރަބި ބަހުގެ މުހިންމުކަމާއި ޢަރަބީން އަދި ޢަރަބި ބަހާއި ޢަރަބި ބަހުގެ ބަހުރުވަތައް

ލިޔުނީ: އުސްތާޛު ޢިޔާޒު ނަސީމް

 بسم الله الرحمن الرحيم

الحمد لله الذي أنزل القرآن بلسان عربي مبين، قال تعالى: ﴿وَإِنَّهُ لَتَنزِيلُ رَبِّ الْعَالَمِينَ. نَزَلَ بِهِ الرُّوحُ الْأَمِينُ. عَلَىٰ قَلْبِكَ لِتَكُونَ مِنَ الْمُنذِرِينَ. بِلِسَانٍ عَرَبِيٍّ مُّبِينٍ﴾. (سورة الشعراء:192-195)، وجعله قرآنًا عربيًا غير ذي عوج، فقال تعالى: ﴿وَلَقَدْ ضَرَبْنَا لِلنَّاسِ فِي هَـٰذَا الْقُرْآنِ مِن كُلِّ مَثَلٍ لَّعَلَّهُمْ يَتَذَكَّرُونَ. قُرْآنًا عَرَبِيًّا غَيْرَ ذِي عِوَجٍ لَّعَلَّهُمْ يَتَّقُونَ﴾ (سورة الزمر:27-28)، كانت سلامة النص من العوج في الدلالة والالتواء في المعنى من خصائص حفظ البيان، ومن لوازم حفظ نص القرآن الكريم.

وكون القرآن إنما أنزل بلسان عربي مبين يعني، فيما يعني، أنه يُفهم من خلال معهود العرب في الخطاب وإبانتهم، وتحدد معانيه من خلال دلالات الألفاظ التي تعاهد عليها العرب في استعمالاتهم، أو من خلال مفهوم العرب لدلالات الألفاظ، لذلك قال ابن تيمية رحمه الله، وقد عاش أعتى فترات الاجتياح العسكري والثقافي واللغوي للعالم الإسلامي: (… اللغة العربية من الدين، ومعرفتها فرض واجب، فإن فهم الكتاب والسنة فرض، ولا يفهم إلا بفهم اللغة العربية، وما لا يتم الواجب إلا به فهو واجب ).

ޙަމްދު ހުރީ ބަޔާންވެގެންވާ ޢަރަބި ބަހުން ކީރިތި ޤުރްއާން ބާވައިލެއްވި ގަދަކީރިތިވަންތަ ﷲ އަށެވެ. ޢަރަބީންގެ ތެރެއިން އެންމެ ފަޞާޙަތްތެރި ސާހިބާ ކަމުގައިވާ އަހަރެންމެންގެ ކައުއިތުރު މުޙައްމަދު ނަބީކަލޭގެފާނަށާއި އެކަލޭގެފާނުންގެ ޠާހިރު އާލުންގެ މައްޗަށް ޞަލަޥާތާއި ސަލާމްލެއްވުން އެދި ދުޢާ ކުރަމެވެ. އަދި އެކަލޭގެފާނުގެ ތެދުވެރި ޞަޙާބީންނަށް ﷲގެ ރުއްސެވުމާއި ފުއްސެވުން މިންވަރުކޮށް ދެއްވުން އެދި ދުޢާ ކުރަމެވެ.

ޢަރަބި ބަހުގެ މުހިންމުކަން

އިސްލާމީ އުންމަތުގެ ދެވަނަ ޚަލީފާ ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. “ތިޔަބައިމީހުން ޢަރަބި ބަސް ދަސްކުރާށެވެ. ފަހެ އެއީ ތިޔަބައިމީހުންގެ ދީނުގެ ތެރެއިން ވާ ކަމެކެވެ.”

ޢަރަބީން

ޢަރަބީންގެ ނަސްލަކީ ސާމީ ދަރިކޮޅެކެވެ. ސާމީ ދަރިކޮޅުތަކަކީ ސަލާމު ލެއްވި ނޫޙުގެފާނުންގެ ސާމުގެފާނުގެ ބޭފުޅުންގެ ދަރިކޮޅުތަކެވެ.

ޢަރަބީން ބެހެވިގެން ވަނީ ބޮޑު ދެ ބަޔަކަށެވެ. އެއިގެ ތެރެއިން އެއް ބަޔަކީ ހަލާކު ވެ ދިޔަ ގައުމުތަކެއްގެ ބަޔެކެވެ. މި ބައިގެ ތެރޭގައި ޢާދު ބާގައި މީހުންނާއި ޘަމޫދު ބާގައި މީހުން ވެއެވެ. އަނެއް ބަޔަކީ މިހާރު މެ ތިބި ޢަރަބީންނެވެ. މި ބައި މީހުން ދެ ބަޔަކަށް ބެހިގެން ވެއެވެ.

އެއް ބަޔަކީ ޤަޙްޠާނިއްޔަ ޢަރަބީންނެވެ. މި ބައި މީހުންނަކީ ޔަމަނު ކަރަ އާއި އެތާނގެ ވަށަވަށައިގެން ހުރި ތަންތާނގެ ވަޒަންވެރީންނެވެ.

މި ބައިމީހުންގެ ނަސަބު ސައްޔިދުނާ ހޫދު ޢަލައިހިއްސަލާމުގެ ދަރިކަލުން ޤަޙްޠާނާ ހަމަޔަށް އުފުލަތެވެ. ޤަޙްޠާނުގެ ނަން ތައުރާތުގައި އައިސްފައި ވަނީ ޔުޤްޠަން މިފަދައިންނެވެ. ހޫދުގެފާނަކީ ނޫޙުގެފާނުގެ ސާމުގެފާނުންގެ ދަރިކަލުން އަރްފަޚްޝަޛުގެ ޝާލިޚުގެ ދަރިކަލުންނެވެ. ހޫދުގެފާނަށް ޢާބިރު މިފަދައިން ވެސް ނަންފުޅަކަށް ކިޔައެވެ. އަދި ޢާމިރު މިފަދައިން ވެސް އެކަލޭގެފާނުގެ ނަންފުޅު ލިޔެވިފައި ވޭ މެއެވެ.

ޢަރަބީންގެ އަނެއް ބަޔަކީ ޢަދްނާނިއްޔަ ޢަރަބީންނެވެ. މި ބައި މީހުންނަކީ ޙިޖާޒު ކަރަ އާއި ނަޖްދު ކަރަ އާއި މި ތަންތާނގެ ވަށަވަށައިގެން ވާ ތަންތަނުގެ ވަޒަންވެރީންނެވެ. މި ބައި މީހުންގެ ނަސަބު ސައްޔިދުނާ އިބްރާހީމް ޢަލައިހިއްސަލާމަށް އެކަލޭގެފާނުންގެ މިޞްރު އަނބިކަނބަލުން ހާޖަރުގެ ކިބައިން ލިބިވަޑައިގަތް އިސްމާޢީލުގެފާނުންގެ ދަރިކޮޅުން އައި ޢަދްނާނާ ހަމަޔަށް އުފުލަތެވެ.

ޤަޙްޠާނިއްޔަ ޢަރަބީންނާއި ޢަދްނާނިއްޔަ ޢަރަބީން އެއްކާފަ ވަނީ ސަލާމް ލެއްވި ހޫދުގެފާނާ ހަމައިންނެވެ. ޤަޙްޠާނިއްޔަ ޢަރަބީންނަކީ ހޫދުގެފާނުންގެ ދަރިކަލުން ޤަޙްޠާނުގެ ދަރިކޮޅު ކަމުގައި ވާ ފަދައިން ޢަދްނާނިއްޔަ ޢަރަބީންނަކީ ހޫދުގެފާނުގެ ފާލިޚުގެ ރަޢޫގެ ޝާރޫޣު (ޝާރޫޚު)ގެ ނާޙޫރުގެ އާޒަރު (ތާރިޙު)ގެ ދަރިކަލުން އިބްރާހީމުގެފާނުންގެ ދަރިކަލުން އިސްމާޢީލުގެފާނުގެ ދަރިކޮޅުން ވަޑައިގަތް ޢަދްނާނުގެ ދަރިކޮޅެވެ.

ޢަރަބި ބަހާއި ޢަރަބި ބަހުގެ ބަހުރުވަތައް

ޢަރަބި ބަހަށް ނިސްބަތްވާ ވަރަށް ގިނަ ބަހުރުވަތައް ހިމެނެއެވެ. މި ބަހުރުވަތަކުގެ ތެރެއިން ރަސްމީ ބަހުރުވައަކީ އަދި ފޮތު ބަހުރުވައަކީ ފުޞްޙާއެވެ.

(ނުނިމޭ)

ކިޔާފައިވާ ޢަދަދު:158,997

މިވެސް މުހިންމު