ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 9

ނަމުގެ ބައިތައް

މުފުރަދާއި، މުޘަންނާއާއި، ޖަމްޢު

މުޞަންނިފު: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން

މުފުރަދާއި، މުޘަންނާއާއި، ޖަމްޢު

ޖަމްޢު (الجمع)

ތަޢާރަފު

ޖަމްޢުގެ ދެ ބާވަތެއް ވެއެވެ. އެއިން އެއް ބާވަތަކީ، ޖަމްޢު ތަކުސީރު (جمع تكسير) އެވެ. އަނެއް ބާވަތަކީ، ޖަމްޢު ތަޞްޙީޙް (جمع تصحيح) އެވެ.

ޖަމްޢު ތަޞްޙީޙް (جمع تصحيح)

ޖަމްޢު ތަޞްޙީޙޫ ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ، ޖަމްޢު މުޛައްކަރު ސާލިމް (جمع مذكر سالم) އާއި، ޖަމްޢު މުއައްނަޘް ސާލިމް (جمع مؤنث سالم) އެވެ.

ޖަމްޢު މުޛައްކަރު ސާލިމް (جمع مذكر سالم)

ޖަމްޢު މުޛައްކަރު ސާލިމަކީ، ލަފުޒުގެ މުފުރަދު ޙާލަތުގެ ތަރުކީބުގެ ފަހަތަށް ވާވަކާއި ނޫނެއް ނުވަތަ ޔާޔަކާއި ނޫނެއް އިތުރުވުމާއެކު، ދެ އެއްޗަށްވުރެ ގިނަ އެއްޗެހިކަން އަންގައިދޭ ލަފުޒެވެ.

މިސާލު

ނަން މާނަ ނަން މާނަ
مُؤْمِنُونَ މުއުމިނުން (ފ) مُؤْمِنِينَ މުއުމިނުން (ފ)
مُسْلِمُونَ މުސްލިމުން (ފ) مُسْلِمِينَ މުސްލިމުން (ފ)

ޖަމްޢު މުއައްނަޘް ސާލިމް (جمع مؤنث سالم)

ޖަމްޢު މުއަންނަޘް ސާލިމަކީ، ލަފުޒުގެ މުފުރަދު ޙާލަތުގެ ތަރުކީބުގެ ފަހަތަށް އަލިފަކާއި ތާއެއް އިތުރުވުމާއެކު، ދެ އެއްޗަށްވުރެ ގިނަ އެއްޗެހިކަން އަންގައިދޭ ލަފުޒެވެ.

މިސާލު

ނަން މާނަ ނަން މާނަ
مُؤْمِنَاتٌ މުއުމިނުން (އ) قَائِمَاتٌ ކޮޅަށްތިބިމީހުން (އ)
مُعَلِّمَاتٌ އެދުރުން (އ) عَاقِلاَتٌ ބުއްދިވެރިން (އ)

(ނުނިމޭ)

ކިޔާފައިވާ ޢަދަދު:276,212

މިސިލްސިލާގެ އެހެން ބައިތައް
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 1
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 2
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 3
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 4
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 5
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 6
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 7
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 8
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 10
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 11
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 12
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 13

މިވެސް މުހިންމު