މުޞަންނިފު: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން
1 އާއި 2:
އަބަދުވެސް މަޢުދޫދާ މުޅިން އެއްގޮތެވެ.
މިސާލު:
فتاة واحدة: އެއް އަންހެން ކުއްޖެއް.
شابٌ واحد: އެއް ފިރިހެން ކުއްޖެއް.
امرأتان اثنتان: ދެ އަންހެނުން.
رجلان اثنان: ދެ ފިރިހެނުން.
3 އިން 9 އަށް:
ޢަދަދުގެ ޖިންސް، މަޢުދޫދުގެ ޖިންސާ ތަފާތެވެ.
މީގެ މާނައަކީ:
ފިރިހެން މަޢުދޫދާއެކު އަންހެން ޢަދަދެވެ.
އަންހެން މަޢުދޫދާއެކު ފިރިހެން ޢަދަދެވެ.
މިސާލު:
تسع طالبات: ނުވަ އަންހެން ދަރިވަރުން.
خمسة طلاب: ފަސް ފިރިހެން ދަރިވަރުން.
(މަޢުދޫދު މިވަނީ ޖަމްޢުކޮށެވެ).
10(ދިހަޔެއް):
ދިހަޔެއްގެ ދެ ޙާލަތު ވެއެވެ. އެއީ މުފުރަދާއި މުރައްކަބެވެ.
މުފުރަދު ޙާލަތުގައި، ޖިންސްގެ ގޮތުން މަޢުދޫދާ ތަފާތެވެ.
މިސާލު:
عشر طالبات: ދިހަ އަންހެން ދަރިވަރުން.
عشرة طلاب: ދިހަ ފިރިހެން ދަރިވަރުން.
(މަޢުދޫދު މިވަނީ ޖަމްޢުކޮށެވެ).
މުރައްކަބު ޙާލަތުގައި، ޖިންސުގެ ގޮތުން މަޢުދޫދާ އެއްގޮތެވެ.
11 އާއި 12:
ޖިންސުގެ ގޮތުން މަޢުދޫދާ އެއްގޮތެވެ.
މިސާލު:
اشتريت أحد عشر بيتاً: އެގާރަ ގެ ގަނެފިން.
فتحت اثنتي عشرة نافذة: ބާރަ ކުޑަދޮރު ހުޅުވައިފިން.
(މަޢުދޫދު މިވަނީ މުފުރަދުކޮށެވެ).
13 އިން 19 އަށް:
އޭކަންވަޅުގެ ޢަދަދު، މަޢުދޫދުގެ ޖިންސާ ތަފާތެވެ.
ދަސްވަޅުގެ ޢަދަދު، މަޢުދޫދުގެ ޖިންސާ އެއްގޮތެވެ.
މިސާލު:
ثلاثة عشر بيتاً: ތޭރަ ގެ.
تسعة عشر طالباً: ނަވާރަ ދަރިވަރު.
خمس عشرة سنة: ފަނަރަ އަހަރު.
أربع عشرة طبقة: ސާދަ ފަޝަލަ.
(މަޢުދޫދު މިވަނީ މުފުރަދުކޮށެވެ).
ޢަޤުދުގެ ޢަދަދާއި ސަތޭކައިގެ ޢަދަދާއި އޭގެ ގުނަ:
އެ އޮންނަ ގޮތަށް ސާބިތުކަންމަތީ ދެމިއޮވެއެވެ.
މިސާލު:
ثلاثون منزلاً: ތިރީސް ގެ.
ثلاثون شرفةً: ތިރީސް ބެލްކަނި.
مائة عام: ސަތޭކަ އަހަރު.
مائة سنة: ސަތޭކަ އަހަރު.
(މަޢުދޫދު މިވަނީ މުފުރަދުކޮށެވެ).
މަސްދަރު: ބަޙުރު އީމަޖައްލާ: 17 ވަނަ ޢަދަދު
ކިޔާފައިވާ ޢަދަދު:285,320