Al-marhoom Mohamed Hussain Didi, Joodhaage, Maadhado, Fuvahmulah “ދިވެހި ތާރީޚުގައި މަޝްހޫރު ޝަޙީދުކުޅަ ބަންޑާރައިންގެ އިބްރާހިމް ފާމުލަދޭރި ކިލެގެފާނުގެ ދޮންދީދީ، ފުވައްމުލަކު އެޅަތޮށިގޭ އަލި ތައްޚާނާ ކާވެނި ބައްލަވައިގެން ލިބިވަޑައިގަތް ބޭފުޅުންގެ ތެރެއިން މުޙައްމަދު ދީދީ، އިބްރާހިމް ފާމުލަދޭރި ކިލެގެފާނުގެ ޙަސަން ދީދީގެ ފާތުމަތު ދީދީއާއި ކާވެނި ބައްލަވައިގެން ލިބިވަޑައިގެން ބޭފުޅުންގެ ތެރެއިން ޙުސެއިން ދީދީ، އިބްރާހިމް މަޖުދުއްދީނުގެ އެޅަމަނިކުގެ ފާތިމަތު މަނިކެއާއި ކާވެނި ބައްލަވައިގެން ލިބިވަޑައިގަތް ބޭފުޅަކީ، ފުވައްމުލަކު ޖޫދާގޭ މުޙައްމަދު ޙުސެއިން ދީދީ […]
ފާރުގައި ލުމަށް ބޭނުންކުރާ ކުލައިގެ ބައެއް ބާވަތްތައް
ފާރުގައި ކުލަލުމުގައި ބަލަން ޖެހޭ ކަންތައްތަކެއް ހުރެއެވެ. ވީހާވެސް ދިގު މުއްދަތަކަށް ފާރުގައި ކުލަ ބެހެއްޓުމަށް އެންމެ މުހިންމު އެއްކަމަކީ ކުލައަކީ ފާރާއި ގުޅޭ ކުލައެއްކަން ޔަގީންކުރުމެވެ. މައިގަނޑު ގޮތެއްގައި ފާރުތަކުގައި ބޭުނުންކުރަނީ ދެބާވަތެއްގެ ކުލައެކެވެ. އެއީ ފާރުގެ ބޭރު ފަށަލައިގައި ތަތްލަވާ ގޮތަށް ހުންނަ ކުލައާއި ފާރުތެރެއަށް ފޭދޭ ގޮތަށް ހުންނަ ކުލައެވެ. މިލިޔުމުގައި މިދެބާވަތުގެ ކުލައިގެ ބައެއް ވައްތަރުތަކަށް ބަލައިލާނަމެވެ. ހ. އެކްރަލީކް ލޭޓެކްސް/އިމަލްޝަން ޕެއިންޓް މިބާވަތުގެ ކުލައަކީ އާންމު ގޮތެއްގައި އިމާރާތްތަކުގައި ބޭނުންކުރާ […]
ޣިޔާޘުއްދީނު ރަދުން ކަނޑުފައްތައި ގެއްލުވާލި ހާދިސާ
ދޮންބަންޑާރައިން، އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (1ވަނަ) ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން އަވަހާރަ ދާންމަތިކޮޅުގައި ދައުލަތުގެ ބޮޑުންނާއި ޢާއިލާގެ ބޭފުޅުންނަށް ވަރުގަދަ ވަސިއްޔަތްޕުޅެއް ކުރެއްވިއެވެ. އެ ވަސިއްޔަތްޕުޅުގައި ވިދާޅުވީ ދިވެހި ރަސްކަން އެ ރަސްކަން ޙައްޤުވާ ދިޔަމިނގިލީ ދަރިކޮޅުގެ މުޙައްމަދު މަނިކުފާނާ ހަވާލެވެ. އަހުރެންގެ ދަރިންނާ މާތް ރަސްކަލާނގެއާ ވަކީލެވެ. ދޮންބަންޑާރައިން އަވަހާރަވުމުން ރަސްކަމަށް އިސްކުރެވުނީ މުޙައްމަދު މަނިކުފާނެވެ. އެއީ ފަހުން އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަ ރަންމަނި ކީރިތި މަހާރަދުންނެވެ. ދޮންބަންޑާރައިންގެ […]
ތާރީޚު އިސްލާމި ދީބާ މަޙަލް
ތާރީޚު އިސްލާމި ދީބާ މަޙަލް
މުހައްމަދު މުއިއްޒުއްދީން ނުވަތަ ކަޅުބަންޑާރައިންގެ ވެރިކަމުގައި ކުރީގެ ރަދުންނަށް ހަދާލި ގޮތް!
އައްސުލްތާން މުހައްމަދު މުއިއްޒުއްދީން ސިރީ ކުލަ ސުންދުރަ ބޮވަނަ މަހާރަދުން ދިވެހި ރަސްކަމުގެ ތަހުތާ ހަވާލުވެވަޑައިގަތީ އޭގެ ކުރިން ވެރިކަމުގައި ހުންނެވި، އައްސުލްތާނު މުހައްމަދު ޝަމްސުއްދީން (ދެވަނަ) ރަސްކަމުގެ ތަހުތު ދޫކުރައްވައި، މި މަނިކުފާނާ ރަސްކަން ހަވާލުކުރެއްވުމުންނެވެ. މުހައްމަދު މުއިއްޒުއްދީނަކީ ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުންނެވެ. މުހައްމަދު ޝަމްސުއްދީން (ދެވަނަ) އިގެ ވެރިކަމަކީ ދިޔަމިގިލީ ދަރިކޮޅުން ހުރާ ދަރިކޮޅަށް ވެރިކަން ފުރޮޅާލުމަށް ހިންގުނު ހައިޖާނުގެ ނަތީޖާ އެވެ. އޭގެ ކުރިން ވެރިކަމުގައި ހުންނެވީ ދިޔަމިގިލީ ދަރިކޮޅުން ވެރިކަން ކުރެއްވި […]
ދިވެހީންގެ ދަރިކޮޅުތަކާއި މަތިކޮޅުތައް – 11
ދިޔަމިގިލީ ރަސްދަރިކޮޅުން ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން 2ވަނަ (ދިޔަމިގިލީ ބަންޑާރައިން)ގެ ދަރިކަލުން އައްސުލްޠާން އިބްރާހީމް އިސްކަންދަރު 2ވަނަ (އިބްރާހީމް ރަސްގެފާނު)ގެ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ ދަރިކަލުން އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ ޢާއިޝަތުދީދީ (ދޮށީދީދީ)ގެ ދަރިކަލުން އައްޑޫމީދޫ ގަނޑުވަރު ޙަސަންދީދީ އެންމެ ފުރަތަމައަށް ކައިވެނި ބެއްލެވީ އައްޑޫމީދޫ އެދުރުގޭ އަލްފަޤީހް މޫސާ އެދުރުތަކުފާނުގެ ދަރިކަނބަލުން އެދުރުގޭ ކަތްދާފާނު (ޚަދީޖާފާނު)އާއެވެ. މި ކަތްދާފާނާ ޙަސަން ދީދީ ކައިވެނި ބެއްލެވުމަށް ފަހު މިއީ […]
ދިވެހީންގެ ދަރިކޮޅުތަކާއި މަތިކޮޅުތައް – 10
ދިޔަމިގިލީ ރަސްދަރިކޮޅުން ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން 2ވަނަ (ދިޔަމިގިލީ ބަންޑާރައިން)ގެ ދަރިކަލުން އައްސުލްޠާން އިބްރާހީމް އިސްކަންދަރު 2ވަނަ (އިބްރާހީމް ރަސްގެފާނު)ގެ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ ދަރިކަލުން އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު ފުރަތަމައަށް ކައިވެނި ބެއްލެވީ، އިސްދޫ ރަސްދަރިކޮޅުން ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްޠާން އިބްރާހީމް މުޡްހިރުއްދީނުގެ ދަރިކަލުން މުޙައްމަދު މަނިކުފާނުގެ ދަރިކަނބަލުން އާމިނާ މަނިކުފާނުގެ ދަރިކަނބަލުން ފުވައްމުލަކު ކުޑައިރަނިއެދުރުގޭ މަރްޔަމް މަނިކުފާނާއެވެ. މި މަރްޔަމް މަނިކުފާނުގެ ބައްޕައަކީ އައްޑޫމީދޫ ކުދުރަނިޔަގެ އެދުރު […]
ދިވެހީންގެ ދަރިކޮޅޫތަކާއި މަތިކޮޅުތައް – 9
އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނަކީ މީލާދީން 1766 އިން 1773 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަސްގެފާނެވެ. މި ރަދުންނަކީ ވަރަށް އިލްމުވެރި އަދި އިލްމަށް ލޯބި ކުރެއްވި ރަސްކަލެކެވެ. ދިވެހި ބަހުގެ ފުރަތަމަ ބަސްފޮތަކީ ވެސް މި ރަދުންގެ ރަސްކަމުގައި، ރަދުން އިސްވެ ހުންނަވައިގެން ކުރެއްވި އިލްމީ މަސައްކަތްޕުޅެކެވެ. އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު އިންޑިޔާގެ ގަންޖާމުން ވެސް ބޭކަނބަލަކާ ކައިވެނި ބެއްލެވިއެވެ. އެހެންނަމަވެސް މި ކައިވެނިން ބޭފުޅަކު ލިބިވަޑައި ނުގަނެ، އަނބިކަނބަލުން އަވަހާރަވީއެވެ. އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ […]